55 ރަށެއްގެ ކައުންސިލްގެ އާ އިމާރާތް އަޅަން އާރުސީސީއާ ހަވާލުކޮށްފި
ދަޕްރެސް
16 އޯގަސްޓު 2025 | ހޮނިހިރު | 10:12
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތްކުރަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީއާއެކު ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ލޯކަލް ގަވާމެންޓް މިނިސްޓްރީއިން ބުނީ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި 1 އަހަރުތެރޭގައި 55 ކައުންސިލް އިމާރާތުގެ މަސައްކަތް ނިންމާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.