ގޭސް ކަޓަރަކުން އެންޓަނާއެއް ކަނޑަން އުޅުމުގެތެރޭގައި ވިލާ ޝިޕިންގެ ބޯޓެއްގައި ރޯވެއްޖެ
ދަޕްރެސް
17 އޯގަސްޓު 2025 | އާދިއްތަ | 5:34
އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަނގަޑު ބޯޓެއްގެ ވީލްހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަނގަޑު ބޯޓެއްގެ ވީލްހައުސްގައި ރޯވި އަލިފާންގަނޑު އދ.މާމިގިލި ފަޔަ ސްޓޭޝަންގެ ފަޔަ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.
ބޯޓުގައި ރޯވި ކަމުގެމައުލޫމާތު އެ ރަށުގެ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިއަދުގެ 15:28 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. މިގޮތުން ފަޔަފައިޓަރުން ކުރި މަސައްކަތުން، ރޯވެފައިހުރި އަލިފާން އެއްކޮށް ދެ މިނެޓު ތެރޭ ނިއްވާލާފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.