ވޭޕް އެތެރެކުރި މައްސަލައިގައި ޖޫރިމަނާކުރި ޒުވާނުންގެ އެޑްވައިޒަރީ ބޯޑުގެ މެންބަރު، މާހިލް އިސްތިއުފާދީފި

ދަޕްރެސް

17 އޯގަސްޓު 2025 | އާދިއްތަ | 6:32

ރައީސަށް ލަފާދޭ ޒުވާނުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ މާހިލް ޝަހީމް، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެކި ދާއިރާތަކުން ރައީސް މުއިއްޒަށް ލަފާއަރުވާ ބޯޑަށް މާހިލް އައްޔަން ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ.

އެ ބޯޑުން މާހިލް އިސްތިއުފާ ދެއްވާފައި މިވަނީ ރާއްޖެއަށް އެތެރެކޮށް, ބޭނުންކުރުން ވެސް މަނާކޮށްފައިވާ ވޭޕް ސާމާނުތަކެއް އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފަހައްޓާ ޖޫރިމަނާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މައުޟޫޢުތަށް