4000 ފްލެޓު: މީހުން ބަދަލުވުމުގެ ކުރިން ފޭސް 2 ގައި އިތުރު ބަސް ސްޓޮޕް ހަދަނީ
ދަޕްރެސް
18 އޯގަސްޓު 2025 | ހޯމަ | 8:05
ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ގާއިމުކޮށްފައިވާ 4000 ފްލެޓުތަކަށް މީހުން ދިރިއުޅުން ބަދަލުކުރުމުގެ ކުރިން އެތަނުގައި އިތުރު ބަސް ސްޓޮޕްތައް ގާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެ ސަރަހައްދުގައި މިހާރު އެއްވެސް ބަސް ސްޓޮޕެއް ނެތުމާއެކު އެޗްޑީސީން ބުނީ މި މަސައްކަތަކީ ފްލެޓުތަކަށް ބަދަލުވާ ފަރާތަތްކަށް ފަސޭހައިން ދަތުރު ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ.
މި ފްލެޓުތައް މީހުންނަށް ހަވާލުކުރުމަށް މިހާރު އަންނަނީ އެއްބަސްވުންތަކުގައި ސޮއި ކުރަމުންނެވެ.