ރައީސަށް އިތުރު ބާރުތައް ލިބޭ ގޮތަށް ބަންޑާރަ ނައިބު އޮފީހުގެ ބިލް ތަސްދީގުކުރައްވައިފި

ދަޕްރެސް

17 އޯގަސްޓު 2025 | އާދިއްތަ | 8:20

ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް، ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 12 އޮގަސްޓު 2025 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރު ފަރާތުން ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ. އަދި ބިލު ފާސްކޮށްފައިވަނީ 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މައުޟޫޢުތަށް