ބޮޑުތަކުރުފާނުމަގު ހަދަން އެމްއެމްއޭ ސަރަހައްދުން އެ މަގުގެ ބައެއް ބަންދުކޮށްފި
ދަޕްރެސް
18 އޯގަސްޓު 2025 | ހޯމަ | 10:02
ބޮޑުތަކުރުފާނުމަގު ހެދުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަހައްދުން އެ މަަގުގެ ބައެއް ބަންދުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 13 ދުވަހުގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ބަންދުކޮށްފައިވާ ކަމަށެވެ.
އެމްއެމްއޭ ސަރަހައްދުން ބޮޑުތަކުރުފާނު މަގުގެ އެއްފަޅި ބަންދުކޮށްފައި ވާއިރު، އެ ސަރަހައްދާ ދިމާ ބޭރު ފަޅު ވެސް ވަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދަކީ އަތޮޅުތަކުން ގިނަ އަދަދެއްގެ ފެރީ ގާތްކުރާ ސަރަހައްދެއްކަން ފާހަގަކުރެވެއެވެ.