ޖަޕާނުން ހަދިޔާކުރި 5 ލޯންޗާއެކު ކަނޑުމަތީގެ ފުލުހުންގެ ގާބިލްކަން އިތުރުވާނެ: ނަވީން
ދަޕްރެސް
18 އޯގަސްޓު 2025 | ހޯމަ | 1:38
ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް ހަދިޔާ ކުރި ފަސް ލޯންޗާ އެކު ކަނޑުމަގުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރުވެގެންދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާލުވެއްޖެއެވެ.
ނަވީން މިހެން ވިދާޅުވީ މި ލޯންޗް ހަދިޔާ ކުރުމަށް ދޫނިދޫގައި މިއަދު ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ނަވީން ވަނީ ޖަޕާން ސަރުކާރުގެ ފަރާތުން ފުލުހުންގެ ހިދުމަތަށް ވެދޭ އެހީތެރިކަމާއި އެކި ގޮތްގޮތުން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވާފައެވެ. އަދި މި އުޅަނދުތަކާއެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ފާހަގަކުރައްވައި، ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވެ އަދި ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.