ގިނަ ކުދިންނަށް އޭ ލެވެލަށް ކިޔަވަން ފުރުސަތު ލިބޭ ގޮތަށް ކްރައިޓީރިއާ ބަދަލުކޮށްފި
ދަޕްރެސް
18 އޯގަސްޓު 2025 | ހޯމަ | 7:20
ގްރޭޑް 11 އަދި 12 ކިޔަވާ ކްރައިޓީރިއާ ދަށްކޮށްފިއެވެ.
މިހާރު ރާއްޖޭގައި އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދެނީ، އޯލެވެލްއިން ފަސް މާއްދާއަށް ވުރެ ގިނަ މާއްދާއިން ފާސްވެފައިވާ ނަމަ އެވެ. ނަމަވެސް ވަރަށް ފަހުން ވަނީ ފާސްވާ ނިސްބަތް ތިން މާއްދާއަށް މަދުކޮށް، އިތުރު ފުރުސަތު ހުޅުވާލާފަ އެވެ.
އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ވަނީ އޭ ލެވެލް ކިޔަވަން ބޭނުންވާ ގިނަ ކުދިންނަށް އެ ފުރުސަތު ފަހިވާނެހެން އުސޫލްތައް ދަށްކޮށްފައެވެ. އެ އުސޫލްތަކާއެކު ޝަރުތުތަކެއް ވެސް ވަނީ އެކުލަވާލާފައިވެއެވެ.