މިނިސްޓަރު ހަލީލާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި

ދަޕްރެސް

19 އޯގަސްޓު 2025 | އަންގާރަ | 9:12

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެނަބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިތުރުފުޅު ހެއްދެވި ކަމަށް ފާހަގަކޮށް އިމްތިޔާޒުގެ މައްސަލައެއް މަޖިލީހަށް ވައްދައިފިއެވެ.

މިނިސްޓަރު ހަލީލްއާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް މަޖިލީހަށް ވެއްދީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އިއްޔެގެ ވަގުތެއްގައެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު މަޖިލީހުގެ ތަޅުމުގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ "އިންޑިއާ އައުޓް" ކެމްޕެއިންގައި "އިންޑިއާ އައުޓް" ޓީޝާޓެއް ލައްވައިގެން ހަލީލް އެ ދުވަސްވަރު ހުންނެވިންތޯ ސުވާލު ކުރައްވާފައެވެ.

މައުޟޫޢުތަށް