މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ބޭރުކުރަން އެމްއެމްސީ އާއި އެމްޖޭއޭ ގޮވާލައިފި

ދަޕްރެސް

19 އޯގަސްޓު 2025 | އަންގާރަ | 9:36

އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" ބިލާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްއެމްސީ އިން ނެރުނު ބަޔާނެއްގައި ބުނީ، މުޅި ބިލު ފަރުމާކޮށްފައި ވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގޮތަށް ކަމަށެވެ. މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު މި އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް ބިލުގައި ހިމަނާފައިވާ ކަން އެމްއެމްސީން ފާހަގަކުރެއެވެ.

އެ ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާ ގޮތުން އަދި މެންބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތް ގޮތުން މީޑިއާތައް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ހުރަސް އެޅޭނެ ކަމަށް އެމްއެމްސީން ބުނެއެވެ. އަދި އެ ބިލުގައި ވަނީ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ކަމަށް ވެސް އެމްއެމްސީން ބުނެއެވެ.

މައުޟޫޢުތަށް