މަޖިލީހުގެ ސަލާމަތީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން އައްޔަންކޮށްފި
ދަޕްރެސް
19 އޯގަސްޓު 2025 | އަންގާރަ | 10:57
ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީއަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އައްޔަންފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީގެ ފަރާތުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި އިންނެވި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަދަލުގައި އެކޮމިޓީއަށް އަޒާން އައްޔަންކޮށްފައިވާ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީގައި އިންނެވި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާންގެ ބަދަލުގައި އެކޮމިޓީއަށް އަޒާން އައްޔަން ކޮށްފައި ވާކަމަށް ވެސް މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާންކޮށްފައެވެ.
އަޒާން މީގެ ކުރިން ވެސް ވަނީ 241 ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީގައި މަސައްކަތް ކުރައްވާފައެވެ.