ރައީސްގެ ވައުދުފުޅާ އެއްގޮތަށް އއ އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ދަޕްރެސް

20 އޯގަސްޓު 2025 | ބުދަ | 7:32

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އއ އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިއެވެ.

މި ހިދުމަތް ރައީސް ފައްޓަވައިދެއްވާފައިވަނީ އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ރަސްދޫއަށް ވަޑައިގެންނެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެންމެހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން އއ. ރަސްދޫގައި މިއަދު ރަސްމީކޮށް ޕާސްޕޯޓުގެ ހިދުމަތް ރައީސް ފައްޓަވައިދެއްވާފައިވާކަމަށާއި، މި އޮފީހުގެ ފުރަތަމަ ޕާސްޕޯޓު ދޫކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ކަމަށެވެ.

މައުޟޫޢުތަށް