އަބްދުއްރަހުމާން އާދަމް މަރާލި މައްސަލަ އާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި
ދަޕްރެސް
21 އޯގަސްޓު 2025 | ބުރާސްފަތި | 8:29
އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލަ އާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ އަބްދުއްރަހްމާން އާދަމް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 3 މީހަކު ވަނީ ހައްޔަރުކޮށްފައި ވާކަމަށާއި، މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރާނެކަމަށެވެ.
އަބްދުއް ރަހްމާންގެ މަރަށް އެއް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާ ތިން ޒުވާނުންނެވެ.