މީޑިއާ ވިލެޖް ހިމެނޭ ހޮޓެލް އިމާރާތުގެ މަސައްކަތް "ވޯލްޑް އޮފް ބިޒްނަސް"އާ ހަވާލުކޮށްފި
ދަޕްރެސް
21 އޯގަސްޓު 2025 | ބުރާސްފަތި | 10:30
މީޑިއާ ވިލެޖް ހިމެނޭ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ހިންގުން، "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކުރުމަށް އެޗްޑީސީއިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެޗްޑީސީއިން ބުނީ ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް 'މެންހަޓަން ގްރޭންޑް ހޮޓެލް'ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވަނީ 50 ޕަސެންޓް ފޮރިން އިންވެސްޓްމަންޓާއެކުގައި ކަމަށެވެ.
މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ 'ޑީޕް ސީފުޑް ކޮމްޕެނީ' އިންކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.