އާރްޑީސީގެ ޗެއާޕާސަން ކަމުން ޝާމީ ވަކިކުރިތާ 4 މަސްފަހުން އެ މަގާމަށް އޭނާ އައްޔަންކޮށްފި

ދަޕްރެސް

21 އޯގަސްޓު 2025 | ބުރާސްފަތި | 1:21

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) ގެ ޗެއާޕާސަންގެ މަގާމަށް މ. އެމޭޒަން، މުހައްމަދު ޝާމީ އާދަމް، އައްޔަންކޮށްފަިއވާ ކަމަށް މިއަދު އެ ކުންފުނިން ބުނެފިއެވެ.

ސާމީ މިއަދު އެމަގާމަށް އައްޔަން ކޯށްފައިވާ ކަމަށް ބުނެފައިވާ އިރު، މީގެ ކުރިން ވެސް އާރްޑީސީ ޗެއާގެ މަގާމުގައި ހުންުނެވި ޝާމީ އެ މަގާމުން ވަކި ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. ހަމައެއާއެކު އޭރު ޝާމީ ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން ވެސް ވަކިކޮށްފައެވެ. ނަމަވެސް އޭނާ އެ މަގާމުތަކުން ވަކި ކުރި ސަބަބުން ޕީސީބީ އިން އޭރު ހާމައެއް ނުކުރެއެވެ.

އާރްޑީސީން ދާދި ދެންމެއަކު ކުރި ޕޯސްޓެއްގައި ވަނީ ޝާމީ އަށް މަރުހަބާ ކިޔާފައެވެ. އަދި ކުންފުނި ހިންގުމުގައި ޝާމީގެ އިރުޝާދާއެކު ކުރިއަށް ދިއުމަށް ތައްޔާރަށް ތިބި ކަމަށް އެ ކުނފުނިން ބުނެފައި ވެއެވެ.

މައުޟޫޢުތަށް