މާލޭ ރޯމަސްމާރުކޭޓުގެ އެކި ފަންގިފިލާތަކުގައި ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ކައުންސިލުން ފަށައިފި

ދަޕްރެސް

21 އޯގަސްޓު 2025 | ބުރާސްފަތި | 4:30

މާލޭ ރޯމަސްމާރުކޭޓު ހިންގާ އިމާރާތުގެ އެކި ފަންގިފިލާތަކުގައި ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ރޯމަސްމާރުކޭޓުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި ގަވާއިދާ ހިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާ، ގުދަންތަކާ، އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ތަންތަނުގެ ތެރެއިން، ކައުންސިލުން އެންގުން ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން މިފަދަ ތަންތަން ހިންގަމުންދަނީ ނުވަތަ ބޭނުން ކުރަމުން ދަނީ އެއްބަސްވުމެއްގެ ދަށުން ކަމުގައި ވާނަމަ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެފަދަ އެއްބަސްވުންތައް، ކައުންސިލަށް ލިޔުމަކާއި އެކު ހުށައެޅުމަށް ވަނީ އެދިފައެވެ.

މައުޟޫޢުތަށް