އެމްޕީއެލްގެ އަންހެން މުވައްޒަފަކު 'ފޭކް' ގާނޫނީ ވަކީލުކަމުގެ ހުއްދަ ބޭނުން ކުރަމުންދާ މައްސަލަ ފުލުހަށް!
ދަޕްރެސް
21 އޯގަސްޓު 2025 | ބުރާސްފަތި | 7:15
ސައްހަނޫން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ތައްޔާރުކޮށް ބޭނުން ކުރަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި މަސައްކަތްކުރާ ލ. ފޮނަދ،ޫ ހަވޭލ،ި ފާތިމަތު ތޫބާ އަބްދުاللهގެ ގާނޫނީ ވަކީލުކަމުގެ ހުއްދައަކީބާ ކައުންސިލުން ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދައެއްތޯ ބަލާ ދިނުމަށް އެދި އެމްޕީއެލް އިން ބާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ އެ ކައުންސިލުން ބެލި ބެލުމުން ތޫބާއަކީ އެއްވެސް އިރެއްގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.