ބޮޑުތަކުރުފާނު މަގުން ބައެއް ހަތަރު ލޭން މަގަކަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ދަޕްރެސް

21 އޯގަސްޓު 2025 | ބުރާސްފަތި | 6:59

ބޮޑުތަކުރުފާނު މަގުން ބައެއް ހަތަރު ލޭން މަގަކަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިއީ 455 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި މިއީ 144 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް