ދިއްދޫ އަދި ކާށިދޫ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ދަޕްރެސް
21 އޯގަސްޓު 2025 | ބުރާސްފަތި | 8:18
ކ. ކާށިދޫ އަދި އދ. ދިއްދޫ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު ކަމަށެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުالله އެވެ.
އެމްޓީސީސީ އިން ބުނީ ކާށިދޫ ސިއްހީ މަރުކަޒު އަޕްގްރޭޑުކުރުމުގެ މަސައްކަތުގެ ދަށުން 9 އެނދު އެކުލެވޭ އިމާރާތެއް ބިނާކުރެވޭނެ ކަމަށެވެ. އަދި މޭޝަނަރީ މަސައްކަތްތަކާއ،ި ޓައިލްސް ޖެހުމާއ،ި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކާއ،ި ކަރަންޓު ވަޔަރު ކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމުގެ އިތުރުން އެއާ ކޮންޑިޝަން އަދި އަލިފާން ނިއްވާ ސިސްޓަމްތައް ހަރުކުރުންވެސް މި މަސައްކަތުގެ ދަށުން ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.