ލާމަރުކަޒީ ގާނޫނަށް ގެނައި ބައެއް އިސްލާހުތައް ބާތިލް ކުރަން އިދިކޮޅުން ހައި ކޯޓަށް
ދަޕްރެސް
21 އޯގަސްޓު 2025 | ބުރާސްފަތި | 8:27
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި ބައެއް އިސްލާހުތައް ބާތިލްކުރަން އިދިކޮޅު އެމްޑީޕީން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ލޯކަލް ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ބިލު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވި އިރުވެސް އިދުކޮޅު އެމްޑީޕީ މެންބަރުން ދިޔައީ ބިލާއި ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.
އެ ބިލު ތަސްދީގު ކުރެއްވި ނަމަވެސް އިދިކޮޅުން މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލަކީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އިން ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލާ ހިލާފު ބަދަލެއް ކަމަށެވެ.