ޅެން ބައިތަކުން ޔާމީން ވިދާޅުވީ "މި ސަރުކާރުން ގެނައީ ކޮރަޕްޝަނާއި ހައިހޫނުކަން" ކަމަށް
ދަޕްރެސް
22 އޯގަސްޓު 2025 | ހުކުރު | 10:24
ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރައްވައި ގެކޮޅުގައި އުޅުއްވުމަށް ފަހު ބޭރަށް ނިކުމެވަޑައިގެން ބޭއްވި ފުރަތަމަ ޖަލްސާގައި، މި ސަރުކާރުން ގެނައީ ހަމައެކަނި ކޮރަޕްޝަނާއި ބަނޑުހައި ހޫނުކަން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފް އުފެއްދި ފަހުން ފުރަތަމަ ފަހަރަށް އާންމު ތަނެއްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ވޭކްއަޕް" ގެ ނަމުގައި އާޓިފިޝަލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އަތޮޅު ތެރޭގެ ތަރައްގީ އެންމެ ބޮޑަށް ގުޅިފައިވަނީ މަސްވެރިކަމުގެ ދާއިރާއަށް ކަމަށްވީ ނަމަވެސް މަސް ކިލޯއެއް މިއަދު ކިރަނީ 16 ރުފިޔާއަށް ކަމަށްވާތީ މަސްވެރިންނަށް އާމްދަނީއެއް ނުލިބޭ ކަމަށެވެ.