މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފި، މިހާރު ދައްކަން ޖެހެނީ 11,191.95ރ.
ދަޕްރެސް
22 އޯގަސްޓު 2025 | ހުކުރު | 2:36
މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް އިތުރު ބަދަލުތަކެއް ގެނެސްފިއެވެ.
ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށްވާއިރު މިދިޔަ، އޭޕްރީލް މަހު މުދަލު ޒަކާތުގެ ނިސާބު ހުރީ 9,264.15 ރުފިޔާގައެވެ.
އެކަމަކު ޒަކާތު ހައުސްއިން ބުނީ މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް އިއްޔެއިން ފެށިގެން އިތުރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 11,191.95 ރުފިޔާއެވެ. މިއީ ރިހީގެ ގްރާމަކަށް 18.81 ރުފިޔާގެ ރޭޓުން 595 ގްރާމަށްވާ އަދަދު ކަމަށް ޒަކާތު ހައުސްއިން މައުލޫމާތު ދެއެވެ.