ސަރުކާރުން ކާޑެއްދޫ އެއާޕޯޓު ހޯދަން ވިލާ ކުންފުންޏަށް 18 މިލިއަން ޑޮލަރު ދެނީ
ދަޕްރެސް
23 އޯގަސްޓު 2025 | ހޮނިހިރު | 11:13
ގދ. ކާޑެއްދޫ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލުކުރުމަށްފަހު އެ އެއާޕޯޓު ސަރުކާރަށް ނެގުމަށްޓަކައި ބަދަލެއްގެ ގޮތުގައި ވިލާ ކުންފުންޏަށް 18 މިލިއަން ޑޮލަރު ދިނުމަށް ހުށަހަޅައިފިއެވެ.
މިކަމަށް އިޝާރަތްކޮށް މިދިޔަ އަންގާރަ ދުވަހު ވިލާ އެއާގެ ޗެއާމަން އަދި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމަށް އެޑްރެސްކޮށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ވަނީ ކާޑެއްދޫ އެއާޕޯޓު ސަރުކާރާ ހަވާލުކުރަން ވިލާ އެއާއަށް 2 ގޮތެއް ހުށަހަޅާފައެވެ. އެއީ އެއާޕޯޓާ ގުޅިގެން ކުންފުނިން ކޮށްފައިވާ ހަރަދުތަކުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން އެމެރިކާ ޑޮލަރު، 18 މަސްދުވަހަށް ބަހާލައިގެން ވިލާ ކުންފުންޏަށް ދިނުމެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ގޮތަކީ ވިލާ ގުރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސްދުވަހަށް ބަހާލައިގެން އެޖަސްޓްމަންޓެއް ހެދުމެވެ.