ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވަނީ
ދަޕްރެސް
23 އޯގަސްޓު 2025 | ހޮނިހިރު | 12:35
ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، ހއ. އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި އުތީމު ރައްޔިތުން އަދާކުރަމުންދާ ދައުރާއި، އެކަމަށް ދޭ އަހައްމިއްޔަތުގެ އަގު ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުން އަރުވާ ޝަރަފެއް ކަމަށެވެ.
އުތީމުގެ ރައްޔިތުންގެ ބެލެހެއްޓުން ތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ މިކަމުގެ އަގު ވަޒަން ކުރުމަށް މި ހާއްސަ ޝަރަފު އެރުވުން އޮންނާނީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ.