އަނގައިގެ ބަލިތަކަށް ހާއްސަ ކިމްސް ހޮސްޕިޓަލުގެ ޑރ.ކުކޯ، ކެއާވަން ކްލިނިކަށް!

ދަޕްރެސް

23 އޯގަސްޓު 2025 | ހޮނިހިރު | 6:39

އިންޑިޔާގެ ކިމްސް ހޮސްޕިޓަލުގެ، އަނގައިގެ ބަލިތަކަށް ހާއްސަ ޑރ.ކުކޯ މަރިޔަމް މަތިއު، ކެއާވަން ކްލިނިކުގައި ބަލި މީހުން ބެލުމަށް ހަމަޖެހިފައިވާކަމަށް އެ ކްލިނިކުން ބުނެފިއެވެ.

އެކްސްކްލޫސިވް ކްލިނިކެއްގެ ގޮތުގައި ކެއާވަން ގައި ވިޒިޓިން ޑޮކްޓަރު، ޑރ.ކުކޯ ބެއްލުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހަށެވެ.

ދަތްދޮޅީގެ ރިހުން ކުރިމަތިވެ، އަނގައިގެ ސިއްހަތާ މެދު ކަންބޮޑުވުންތަކެއް ހުރުން ނުވަތަ އަނގައިގެ ކެންސަރުގެ ކުރީކޮޅުގެ އަލާމާތްތައް ހުރިތޯ ބެލުމަށް ބޭނުންނަމަ، މިއީ ތަޖުރިބާކާރު ސްޕެޝަލިސްޓަކާ މަޝްވަރާ ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް ކެއާވަން ކްލިނިކުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް