އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް
ދަޕްރެސް
24 އޯގަސްޓު 2025 | އާދިއްތަ | 9:54
މާލޭ ގެއެއްގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ޖާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މ.އަފްޒާ ގޭގެ 6 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި އަލިފާން ރޯވެގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މިއަދު 07:43 ހާއިރު ލިބުނު ރިޕޯޓާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އެ ސަރަހައްދަށް ގޮސް ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ. އަދި ފަޔާފައިޓަރުން ކުރި މަސައްކަތުން އޭސީ އައުޓްޑޯ ޔުނިޓުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 07:59 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.