މި ހާއްސަ ދުވަހު ރައީސް ގޮވާލެއްވީ، ގައުމިއްޔަތާއި މިނިވަންކަން ދަމަހައްޓާ ބައެއްގެ ގޮތުގައި ދެމިތިބުމަށް
ދަޕްރެސް
24 އޯގަސްޓު 2025 | އާދިއްތަ | 10:12
ގައުމިއްޔަތާއި މިނިވަންކަން ދަމަހައްޓާ ބައެއްގެ ގޮތުގައި ދެމި ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިފަދައިން ގޮވާލެއްވީ ގައުމީ ދުވަހުގެ މުނާސަބާގައި ހިއްސާ ކުރެއްވި ހާއްސަ މެސެޖެއްގައެވެ.
އެމަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި އެ މެސެޖުގައި ވިދާޅުވީ، ބޮޑުތަކުރުފާނުގެ އަގުހުރި ގައުމީ ޖިހާދުގެ ނަސްރާއި ކާމިޔާބީއަށް 466 އަހަރު މިއަދު ފުރުނު އިރު، އެ ޒިކުރާތަކާއި އެ ހޯއްދެވި ފަހުރާއި ޝަރަފް ދިވެހީންގެ ހިތްތަކުގައި ތާޒާކަމާއެކު ދިރެމުންދާ ކަމަށެވެ.