ވަޒީފާ ހޯދަން ސައްހަ ނޫން ސެޓްފިކެޓު ހުށަހަޅާ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅަނީ

ދަޕްރެސް

24 އޯގަސްޓު 2025 | އާދިއްތަ | 3:42

ވަޒީފާ ހޯދަން ސައްހަ ނޫން ސެޓްފިކެޓު ހުށަހަޅާ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފޭކު ސެޓްފިކެޓުތައް ހުށަހަޅާ، ވަޒީފާ ހޯދާ މައްސަލަ އަކީ ރާއްޖޭގައި ފަހަކަށް އައިސް އިތުރުވެފައިވާ މައްސަލައެކެވެ. މިކަމާ ގުޅިގެން މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާ މިންވަރު އިތުރުވެފައިވާކަމަށެވެ.

މިފަދަ ކަންކަމުގެ ސަބަބުން ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލޭކަމަށާއި މިކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބ،ި އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް