ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމްކުރަން އެޗްޑީސީއާ ހަވާލުކޮށްފި

ދަޕްރެސް

24 އޯގަސްޓު 2025 | އާދިއްތަ | 5:44

ހދ. ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ ހދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކުރުމުގެ ފްރޭމްވޯކް އެކުލަވާލުމުގެ އެއްބަސްވުން އެކުލަވާލަފައި ވަނީ ހދ. ހިރިމަރަދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރޓ) އަލީ ޒުހައިރެވެ.

މައުޟޫޢުތަށް