ނެއްލައިދޫ ސިއްހީ މަރުކަޒު ތަރައްގީކުރާނީ 24 ގަޑިއިރު ހިދުމަތްދެވޭ ފެންވަރަށް: ރައީސް

ދަޕްރެސް

25 އޯގަސްޓު 2025 | ހޯމަ | 5:40

ނެއްލައިދޫ ސިއްހީ މަރުކަޒު ތަރައްގީކުރަމަށް އަމާޒުހިފާފައިވަނީ 24 ގަޑިއިރު ހިދުމަތް ދެވޭ ފެންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ނެއްލައިދޫއަށް ޒިޔާރަތްކުރައްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނެއްލައިދޫގެ ތަރައްގީއަށް މުހިންމު ތިން މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

އޭގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގައިތުރުކޮށް ހިދުމަތް ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަޝްރޫޢު ގެ ތެރެއިން ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، ސައުވީސް ގަޑިއިރަށް ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން އިތުކޮށްދިނުމުގެ މަސައްކަތްވެސް މިއަހަރާއި އަންނައަހަރު ކޮށްދެއްވާނެކަމަށެވެ.

މައުޟޫޢުތަށް