ނެއްލައިދޫ މަގު ހެދުމާއި އެރަށު ބަނދަރުގައި ޖެޓީއެއް ހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް

ދަޕްރެސް

25 އޯގަސްޓު 2025 | ހޯމަ | 5:42

ހދ. ނެއްލައިދޫ މަގު ހެދުމުގެ މަޝްރޫއާއި އެ ރަށު ބަނދަރުގައި ޖެޓީއެއް ހެދުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ.

އެގޮތުން އެ ރަށު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، 3086 މީޓަރުގެ ދިގު މަގެއްގައ،ި 15,265 މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއ،ި 3,406 މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މި މަޝްރޫއަކީ 58.19 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މައުޟޫޢުތަށް