މިދިޔަ މަހު އެކަނި ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި 93 މައްސަލަ ރިޕޯޓުކޮށްފައިވޭ: މިނިސްޓްރީ

ދަޕްރެސް

25 އޯގަސްޓު 2025 | ހޯމަ | 5:32

މިދިޔަ މަހު އެކަނި ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި 93 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިދިޔަ ޖުލައި މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި 93 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އެއީ ފިރިހެން ކުދިންނާ ގުޅޭ 37 މައްސަލަ އަދި އަންހެން ކުދިންނާ ގުޅޭ 56 މައްސަލައެވެ.

މީގެތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ އަންހެން ކުދިންނަށް ކޮށްފައިވާ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ގޯނާގެ 18 މައްސަލައެއް ހުށަހަޅާފައިވާއިރު ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިސްމާނީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން އަންހެން ކުދިންނާ ގުޅޭ ޖިސްމާނީ ހާނިއްކައިގެ 11 މައްސަލައެއް ހުށަހަޅާފައިވާއިރު ފިރިހެން ކުދިންނާއި ގުޅޭ 10 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މައުޟޫޢުތަށް