ހުރާގައި ބޭއްވި އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓީމަކަށް ޓީމް ބާކީ!

ދަޕްރެސް

25 އޯގަސްޓު 2025 | ހޯމަ | 6:55

ކ. ހުރާގައި ބޭއްވި އުރީދޫ މަސްރޭސް، ޓީމް ބާކީ އިން ކާމިޔާބު ކޮށްފިއެވެ.

ޖުމުލަ 544.5 ޕޮއިންޓާއެކު ޗެމްޕިއަން ކަން ހޯދި ޓީމް ބާކީ އަށް އުރީދޫ އިން ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމް ދީފައެވެ. އުރީދޫ އިން ބުނީ ހުރާގައި ބޭއްވި މުބާރާތުގެ ދެވަނަ ހާސިލުކޮށްފައިވަނީ ޓީމް ނޯރާ އިން ކަމަށެވެ. އަދި ތިންވަނަ ހާސިލުކޮށްފައިވަނީ ޓީމް އަނަންތަރާ އިންކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

ދެވަނަ ހާސިލުކުރި ޓީމަށް 10000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު އުރީދޫ އިން ވަނީ ދީފައެވެ. މި މުބާރާތުގައި ތަފާތު އެކިއެކި އިނާމުތަކެއްވެސް ވަނީ ދީފައެވެ. އެގޮތުން އެންމެ ބަރު މަސް ބޭނި މަސްވެރިއަކަށް ހޮވިފައިވަނީ ތިންވަނަ ހާސިލުކުރި ޓީމް އަނަންތަރާގެ މަސްވެރިއެކެެވެ. އެގޮތުން 20.6 ކިލޯގެ ފާނައަކާއެކު މި މަގާމު ހާސިލުކޮށްފައިވަނީ އަނަންތަރާގެ މަލާޒްއެވެ.

މައުޟޫޢުތަށް