ނޮޅިވަރަމުގެ ފުޓުބޯޅަ ދަނޑު، ފީފާ ސްޓޭންޑަޑަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ދަޕްރެސް
25 އޯގަސްޓު 2025 | ހޯމަ | 7:34
ހދ. ނޮޅިވަރަމުގެ ފުޓުބޯޅަދަނޑު ފީފާ ސްޓޭންޑާޑް ދަނޑަކަށް އަޕްގްރޭޑު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ހދ. އަތޮޅުގެ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ފީފާ ސްޓޭންޑާޑްގެ ދަނޑަކަށް ނޮޅިވަރަމުގެ ފުޓުބޯޅަ ދަނޑު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އަމަލީ ގޮތުން ފަށައިގަންނާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ނޮޅިވަރަމުގައި އަޅާނީ ހަމައެކަނި އެހެން ރަށްރަށުގައި އަޅާކަހަލަ ސްޓޭންޑާޑް ފިޓްނަސް ރިކްރިއޭޝަން ސެންޓަރެއް ނޫންކަމަށާއި، އެއަށްވުރެ ފުޅާކޮށް ގިނަ ކުޅިވަރުތައް ކުޅެވޭ ގޮތަށް އިންޑޯ ކޮމްޕްލެކްސްއެއް ކަމަށެވެ.