ނޮޅިވަރަމް ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން 138 މިލިއަނަށް އެމްޓީސީސީއަށް

ދަޕްރެސް

25 އޯގަސްޓު 2025 | ހޯމަ | 9:07

ހދ. ނޮޅިވަރަމް ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު،އަޙުމަދު ސައުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދު الله މުއްތަލިބް އެވެ.

މި މަޝްރޫޢުގެ ދަށުން، 74,270 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއ،ި 362 މީޓަރުގެ ބޮޑުހިލައިގެބޭރުތޮއްޓެއް ލުމާއ،ި 238 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއ،ި 90 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޖެހުމާއ،ި 394މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.

މައުޟޫޢުތަށް