ވައިކަރަދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއަށް، މިއީ 34.40 މިލިއަން ރުފިޔާގެ މަޝްރޫއެއް
ދަޕްރެސް
26 އޯގަސްޓު 2025 | އަންގާރަ | 3:22
ހދ. ވައިކަރަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީން ބުނީ މިއަދު ސޮއިކުރެވުނު މަޝްރޫއުގެ މަސައްކަތް ނިމުމާއެއެކު މިހާރު އޮތް ބަނދަރުގެ ޑިޒައިނަށް ބަދަލުތަކެއް އަންނާނެކަމަށާއި އެގޮތުން ނެރު ފުޅާވެ، އުދަ އެރުމުގެ މައްސަލަ ހައްލުވެގެން ދާނެ ކަމަށެވެ. އަދި ފަޅަށް ވަންނަ މަސް މަރުވުމުގެ މައްސަލަވެސް ހައްލު ވެގެން ދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
1800 މީހުންގެ އާބާދީއެއް އޮންނަ ވައިކަރަދޫއަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށް މަޝްހޫރު ރަށެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މި މަޝްރޫއު ނިމުމާއެކު ރަށަށް އިގްތިސާދީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.