އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ސުކޫލު ބަދަލުނުކުރެވޭގޮތަށް އާ އުސޫލެއް
ދަޕްރެސް
26 އޯގަސްޓު 2025 | އަންގާރަ | 3:41
އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ދެން ކިޔަވަމުންދާ ސުކޫލު ބަދަލުނުކުރެވޭނެ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އާ އުސޫލެއް އެކުލަވާލައިފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ މީގެ ކުރިން އުސޫލު އޮތް ގޮތުން އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް ވަރަށް ފަސޭހަކަމާ އެކު އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުންނަށް ބަދަލުވެވޭ ކަމަށާއި މިގޮތަށް ގިނަ ދަރިވަރުން އަބަދުވެސް ބަދަލުވަމުންދާ ކަމަށެވެ.
ނަމަވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވީ ބޭނުންވާ ކޮންމެ ވަގުތެއްގައި ސްކޫލު ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، މިނިސްޓްރީން މި ބަދަލު ގެންނަން ނިންމީވެސް ދަރިވަރުންގެ އުނގެނުމާއި ސްކޫލު ބަދަލުވުމުން އެ ކުދިންނަށް ދިމާވާނެ ދަތިތައް ފަސޭހަކުރުމުގެ ގޮތުން ކަމަށެވެ.