އަދީބުގެ އެމްޓީޑީ އުވާލަން އަނެއްކާވެސް އީސީން ނިންމައިފި

ދަޕްރެސް

26 އޯގަސްޓު 2025 | އަންގާރަ | 5:37

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލަން އިލެކްޝަން ކޮމިޝަނުން އަނެއްކާވެސް ނިންމައިފިއެވެ.

އެކަން ހާމަކޮށް އީސީން މިއަދު ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ، އެމްޓީޑީ އުވާލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށާއި އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅައި ނިންމެމަށް އަންގާ ކަމަށެވެ.

ގާނޫނުގައި ބުނާ އަދަދަށް އެމްޓީޑީގައި މެންބަރުން ހަމަނުވާ ކަމަށް ބުނެ އީސީން ވަނީ 2022 ވަނަ އަހަރު ވެސް އެ ޕާޓީ އުވާލުމަށް ނިންމާފައެވެ. އެކަމަކު މެންބަރުން ހަމަކުރަން ދިން މުހުލަތުގައި އެ ޕާޓީއަށް ވަނީ މީހުން ހަމަކޮށްފައެވެ.

މައުޟޫޢުތަށް