އަލަށް އަމަލު ކުރަން ފެށި ގޭންގް ކުށްތަކާ ބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ފުލުހުން ތައްޔާރުވަނީ
ދަޕްރެސް
26 އޯގަސްޓު 2025 | އަންގާރަ | 7:49
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލު ކުރުން ފެށުމާއެކު ގާނޫނަށް އަމަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ގޭންގު ކުށްތަކާ ބެހޭ ބިލު މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގު ކުރެއްވީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ އިއްޔެ އެވެ.
އެ ގާނޫނަށް އަމަލު ކުރަން ފެށުމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިއްޔެ އަމަލުކުރަން ފެށުމާ އެކު، އެ ގާނޫނު ތަންފީޒުކުރުމަށް ފުލުހުންގެ ފަރާތުން ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.