ޖަރުމަނުގައި އެއްޗެއް ގޮވާ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެއްޖެ

ދަޕްރެސް

26 އޯގަސްޓު 2025 | އަންގާރަ | 9:24

ޖަރުމަނުވިލާތުގެ މިއުނިކްގައި އެއްޗެއް ގޮވާ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އަދި މި ހާދިސާގައި ހާލު ސީރިއަސް ވެފައިވަނީ ބ. ތުޅާދޫއަށް ނިސްބަތްވާ ފައްޔާޒް ދާއޫދެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްޔާޒަށް މިހާރު ފަރުވާ ދެމުން އަންނަނީ މިއުނިކް ބޮގޭންހައުސަން ހޮސްޕިޓަލުގެ އައިސީޔޫގައެވެ. މި ހާދިސާގައި ފައްޔާޒުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށާއި، ހަށިގަނޑުގެ ބޮޑު ބައެއް އަދާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މި ހާދިސާގައި ބޮލަށް ބޮޑު ގެއްލުމެއް ލިބި ސިކުނޑިއަށްވެސް ގެއްލުންވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުޟޫޢުތަށް