އާ ހިދުމަތްތަކަކާއެކު ކުޅުދުއްފުށީ ޕޯޓު އިތުރު ހަރުފަތަކަށް
ދަޕްރެސް
26 އޯގަސްޓު 2025 | އަންގާރަ | 9:30
ހދ. ކުޅުދުއްފުށީގެ ޕޯޓުން ފޯރުކޮށްދޭނެ އިތުރު މުހިންމު ހިދުމަތްތަކެއް ފުޅާ ކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާ ހިދުމަތްތަކެއް އިފްތިތާހް ކޮށްފިއެވެ.
މި ހިދުމަތްތައް އިފްތިތާހުކޮށްފައި ވަނީ ހދ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޅުދުއްފުށްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެެވެ.
މިއީ މި އަހަރުގެ މެއި 19 ގައި އިކޮނޮމިކް މިނިސްޓްރީއާ އެމްޕީއެލްއާ ދެމެދު ސޮއިކުރި ފަހުމުނާމާގައި އެއްބަސްވެފައިވާ ގޮތުގެ މަތިން އެ ޕޯޓުގައި ފެށި ހިދުމަތްތަކެކެވެ.