ތުލުސްދޫ ކައިރިއަށް ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލާ އެކަކު ނިޔާވެއްޖެ

ދަޕްރެސް

26 އޯގަސްޓު 2025 | އަންގާރަ | 10:48

ކ. ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލާ އޭގައި ދަތުރުކުރި އެކަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ބަންޑުން ޖަހާލާފައިވަނީ ލިއޯ ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. މި ކަމުގެ މައުލޫމާތު ލިބުމާއެކު މާލެ އޭރިއާ ސެކަންޑް ސްކޮޑްރަން އިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނިން ދަތުރުކުރި 6 މީހުންގެ ތެރެއިން އެކަކު ނިޔާވެފައިވާކަމަށެވެ.

މައުޟޫޢުތަށް