ގެދޮރުވެރިޔާ ފްލެޓް ސަރަހައްދުގެ ދުވާރު އަދި ބަސް ސްޓޮޕް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް

ދަޕްރެސް

27 އޯގަސްޓު 2025 | ބުދަ | 10:21

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓް ސަރަހައްދުގެ ދުވާރު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.

އެޗްޑީސީއިން ބުނީ އެއީ 4000 ފްލެޓުގައި އަލަށް މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި އަސާސީ ވަސީލަތްތައް ގާއިމްކުރުމަށް އެޗްޑީސީއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން ހުޅުމާލެ ފޭސް2 ގެ ނިރޮޅުމަގު، ޒޯން 1 ގެ 75 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ޒޯން 2 ގެ 58 ޕަސެންޓް މަސައްކަތް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި ޒޯން 1 އަދި 2 ގެ ދުވާރު ހެދުމުގެ މަސައްކަތް މި އަންނަ މަހުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށާއި ޒޯން 3 ގެ ދުވާރު ހެދުމުގެ މަސައްކަތް ފެށުމަށް އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.

މައުޟޫޢުތަށް