މުދާ ސަޕްލައިކޮށްދޭ ކަމަށް ބުނެ، މަކަރާއި ހީލަތުން މިލިއަނެއްހާ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި

ދަޕްރެސް

27 އޯގަސްޓު 2025 | ބުދަ | 12:15

މުދާ ސަޕްލައިކޮށްދިނުމަށް އެދި ފޯނުން ގުޅައިގެން ވާހަކަ ދައްކައި، މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ / ޑޭލައިޓްވިލާ، ޝިހާން ޝިޔާމް (29އ) އެވެ.

އެންޓި-ސްކޭމް ސެންޓަރާ، ސ. ހިތަދޫ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ބުނީ އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 25 ދުވަހު ހިތަދޫން ކަމަށެވެ.

މައުޟޫޢުތަށް