ސީއެސްސީގެ ހުސްވާ 3 މެންބަރުންގެ މަގާމަށް ފާއިޒާއި، ނާސިހު އަދި ދީބާ އައްޔަންކުރަން ފާސްކޮށްފި
ދަޕްރެސް
27 އޯގަސްޓު 2025 | ބުދަ | 3:56
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވާ 3 މަގާމަށް މުހައްމަދު ނާސިހާއި، ޑރ. ދީބާ މޫސާ އަދި ޑރ. ހުސެއިން ފާއިޒު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ނާސިހަކީ މިހާރުވެސް އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. ޑރ. ދީބާއަކީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްގެ އަނބިކަނބަލުންނެވެ. އަދި ޑރ. ފާއިޒަކީ ސުޕްރީމް ކޯޓުގެ ކުރީގެ ސެކެޓްރީ ޖެނެރަލެވެ.
ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު މަޖިލީހަށް ނަން ފޮނުއްވެވީ އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 3 ވަނަ ދުވަހަށް ހަމަވާތީއެވެ. އެގޮތުން މުއްދަތު ހަމަވަނީ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި މެންބަރުން ކަމަށްވާ މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެއެވެ.