މިމަހު ރާއްޖޭގެ ޓޫރިޒަމް އެމްބެސެޑަރަކަށްވި "ވަން ޕީސް"ގެ ތަރި ޓެޒް ސްކައިލާ، ރާއްޖެ އަތުވެއްޖެ

ދަޕްރެސް

27 އޯގަސްޓު 2025 | ބުދަ | 8:40

މިމަހުގެ ރާއްޖޭގެ ޓޫރިޒަމްގެ އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖެއްސި ނެޓްފްލިކްސްގެ އެންމެ މަޝްހޫރު ޝޯ "ވަން ޕީސް"ގެ ތަރި ޓެޒް ސްކައިލާ، ރާއްޖެ އަތުވެއްޖެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ން ބުނީ ސްކައިލާގެ މި ދަތުރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާކަމަށާއި، ރާއްޖޭގެ މުއްސަނދި ސަގާފަތާއި، އާދަކާދަތައް އަދި ގުދުރަތީ ރީތި ކަމާއި ކަނޑުއަޑީގެ ހިތްގައިމުކަން ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ވީއެމްސީން ބުނީ ސްކައިލާ މެދުވެރިކޮށް މި ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުވެގެންދާނެ ކަމަށާއި، ބައިނަލްއަގުވާމީ އޯޑިއަންސްތަކާ ހަމައަށް ޓޫރިޒަމްގެ ވާހަކަތައް ގެންގޮސްދިނުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.

މައުޟޫޢުތަށް