މީޑިއާ ބިލު: ކޮމިޓީއިން ނިންމީ އާންމުންނާއި ކަމާގުޅުންހުރި ފަރާތްތަކުގެ މަޝްވަރާ ހޯދަން

ދަޕްރެސް

28 އޯގަސްޓު 2025 | ބުރާސްފަތި | 11:38

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ކޮމިޓީ މަރުހަލާ ފަށައި، އާންމުންނާއި ކަމާގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއި ހިޔާލު ހޯދަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ނިންމައިފިއެވެ.

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖީލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލާ ދެކޮޅަށް ރައްޔިތުން މަޖިލިސް ކައިރީ ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް 49 މެންބަރުންގެ ވޯޓާއެކު މަޖިލީހުން އިއްޔެ ވަނީ އެ ބިލު ބަލައިގެންފައެވެ.

މިއަދު އެ ބިލުގެ ކޮމިޓީ މަރުހަލާ ފަށާފައިވާއިރު، މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ އެ ބިލުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތް ކަނޑައެޅާފައެވެ.

މައުޟޫޢުތަށް