މީޑިއާ ކޮމިޝަން ބިލު ބޭރު ކުރަން ޖެހޭނެ ކަމަކަށް ނުދެކެން: އުޝާމް
ދަޕްރެސް
28 އޯގަސްޓު 2025 | ބުރާސްފަތި | 3:55
މީޑިއާ ކޮމިޝަން ބިލު ބޭރު ކުރަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދް އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވެފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައި ރައީސް އޮފީހުގައި މިވަގުތު ބާއްވަމުންދާ ޕްރެސް ކޮންފެރެންސްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އުޝާމް ވިދާޅުވީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މީޑިއާ ކައުންސިލް އިން ފޮނުވި ޑްރާފްޓް ބިލް އެއް އެބައޮތް ކަމަށާއި، އެ ބިލާ މިހާރު ހުށަހަޅާފައިވާ ބިލާ ދެމެދު މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.