މީޑިއާ ކޮމިޝަން ބިލާ ގުޅިގެން ބޭއްވި ޕްރެސް ކޮންފެރެންސްގައި ހިތްހަމަ ނުޖެހި ގިނަ ނޫސްވެރިންތަކެއް ނިކުމެއްޖެ!

ދަޕްރެސް

28 އޯގަސްޓު 2025 | ބުރާސްފަތި | 4:35

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިވަގުތު ބާއްވަމުންދާ ޕްރެސް ކޮންފެރެންސްގައި ހިންހަމަ ނުޖެހި ގިނަ އަދަދެއްގެ ނޫސްވެރިން ޕްރެސް ކޮންފްރެންސް ދޫކޮށް ގޮސްފިއެވެ.

މި ކޮންފްރެންސްގައި މީޑިއާ ކޮމިޝަން ބިލު ބޭރު ކުރަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދް އުޝާމް ވަނީ ވިދާޅުވެފައެވެ. އުޝާމް ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މީޑިއާ ކައުންސިލް އިން ފޮނުވި ޑްރާފްޓް ބިލްއެއް ދައްކަވާފައެވެ.

މިކަމާ ހިންހަމަ ނުޖެހި ނޫސްވެރިން ވަނީ އެ ބިލު އެއްވެސް ނޫސްވެރިއަކަށް ފެނިފައިވެސް ނުވާކަމަށާއި، އޭރު މީޑިއާ ކައުންސިލުން ފޮނުވި ބިލެއް މިވަގުތު ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް