މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދޭ ޕޯޓަލް، ލައިވް ކޮށްފި

ދަޕްރެސް

28 އޯގަސްޓު 2025 | ބުރާސްފަތި | 6:21

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މީޑިއާތަކަށް މާލީ އެހީދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުގެ މަތިން ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ނިޔަލަށެވެ.

އެހީ ހޯދަން ހުށަހަޅަންޖެހެނީ މިކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެކަމާ ގުޅޭ އުސޫލު އާންމުކުރުމަށްފަހު އެވެ.

މައުޟޫޢުތަށް